ޝެއިޚު އަލްބާނީ ރަޙިމަހުﷲގެ ހަޔާތްޕުޅުން ސަފުޙާތަކެއް 2

ޝެއިޚު އަލްބާނީ ރަޙިމަހުﷲގެ ހަޔާތްޕުޅުން ސަފުޙާތަކެއް 2
މުތަރުޖިމު: އިބުނު ޢަބްދުއްރަޙުމާން ޅޮހީ
ެއެކަލޭގެފާނު ދައުވަތުގެ ކުރީކޮޅު ކަންތައްކުރެއްވިގޮތާއި އަދި އުއްމަތަށް އެކަމުން ކުރި އަސަރުއެއެ

އެކަލޭގެފާނު ލިޔުއްވުމާއި ފޮތްތައް އެކަށައެޅުމުގައި އެކަލޭގެފާނުގެ ދިރިއުޅުއްވުމުގެ ދެވަނަ މަރުހަލާގައި ފެއްޓެވިއެވެ. (ދެބައި އުމުރަށް ދިޔުމުން) އެކަލޭގެފާނު އެންމެ ފުރަތަމަ ލިޔުއްވި ފިޤުހު ފޮތަކީ ދަލީލުތަކާއި އަދި ފިޤުހު އަޅާކިޔުމާއި ބެހޭފޮތެއްކަމަށްވާ ތަހުޛީރުއް ސާޖިދު މިން އިއްތިހާދުލް ޤުބޫރު މަސާޖިދު" (މިސްކިތްތަކުގައި ޤަބުރަށް އަޅުކަންކުރާ މީހުންނާއި ދެކޮޅަށް ދެވޭ އިންޒާރު)އެވެ.
މިފޮތްވަނީ އެތައްފަހަރަކު ޗާޕުކުރެވިފައެވެ. އަދި އެކަލޭގެފާނުގެ ފޮތެއްގައި ފޮތުގައިވާ ޙަދީޘްތަކުގެ މަޞްދަރު ފުރަތަމަ ޗެކުކޮށްފައިވާ ފޮތަކީ "އައް ރައުޟުއް ނަޟީރު ފިއް ތަރުތީބު ވައް ތަޚުރީޖުއް މުޢުޖަމުއް ޠަބަރާނީ އައް ޞަޣީރެވެ. (ރައުޟުއް ނަޟީރު: މުޢުޖަމުއް ޞަޣީރުއް ތަބަރާނީގެ މަސްދަރުތަކާއި އަދި ތަރުތީބު). މިފޮތް އަދިވަނީ ޗާޕުނުކުރެވިއެވެ.
ޝެއިޚަށްވަނީ އިސްލާމީ އެތައް ޔުނިވަރސިޓީތަކަކާއި އަދި ޖަމްއިއްޔާތަކުން ބޮޑެތި މަޤާމުތަކާއި ވަޒީފާތައް ހުށައަޅައި ދަޢުވަތު ދީފައެވެ. ނަމަވެސް ޢިލްމުގެ މައިދާނުގައި އެކަލޭގެފާނުގެ މަޝްޣޫލުވުމުގެ ސަބަބުން ޝެއިޚުވަނީ މިފަދަ ގިނަ ފުރުޞަތުތަކެއް ދޫކޮށްލައްވާފައެވެ.

މަދީނާގެ އިސްލާމީ ޔުނިވަރސިޓީގައި ކުއްލިއްޔަތުލް ހަދީޘްގައި އެކަލޭގެފާނު، 3 އަހަރުވަންދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަދީޘް ކިޔަވައިދިނުމުގެ އިސް އުސްތާޛެއްގެ ދައުރު އަދާކުރެއްވިއެވެ. އެއީ ހިޖުރީ ސަނަތުން 1381 ވަނަ އަހަރުން ފެށިގެންނެވެ. މިކަމުގެ ސަބަބުން ޙަދީޘް ޢިލްމުގައި އެކަލޭގެފާނުގެ ޚިދުމަތުގެ ނުފޫޒު ވަރަށް ގިނަބަޔަކަށް ފޯރާ ދުނިޔޭގެ އެކިތަންތަނުގެ އެތައްދަރިވަރުންނަށް ފައިދާކުރިއެވެ. އަދި ޙަދީޘް ޢީލްމު ކިޔެވުމަށްޓަކައި ވަރަށް ގިނަކުދިން ޙަދީޘް ޢިލްމަށް ޙާއްޞަވަމުން ދިޔައެވެ. އަދި މިކަމުގެ ސަބަބުން ޝެއިޚުގެ އަސަރު ވަރަށް ބޮޑަށް ފޯރިއެވެ.

މިކަމުގެ އެންމެ ބޮޑު ހެއްކަކީ ވަރަށް ގިނަ ޢަދަދެއްގެ ޙަދީޘް ފޮތްތަކުގެ ހަދީޘްތައް ރިވާކުރެވިފައިވާ ސަނަދުތައް ޞައްޙަތޯ ނުވަތަ ނޫންތޯ ބެލި އަދި ޙަދީޘްތަކުގެ ފިހުރިސްތު މިއަދު އެކުލަވާލެވިފައިވުމެވެ. ގިނަ ފޮތްތަކަކީ މީގެކުރިން އެނގިފައިވާ ފޮތްތަކެއްވެސް ނޫނެވެ. މިކަމުގެ ސާފުކަން ބޮޑުކަމުން މިކަމާއި އެއްވެސް ފަރާތަކުން ދެކޮޅު ނުހެދޭނެއެވެ. އަދި ޝެއިޚު ގެންގުޅުއްވި ގޮތާއި ދެކޮޅު ހެދި ފަރާތްތަކަށްވެސް މެއެވެ.

ނުނިމޭ
އެއްވަނަ ބައި

މަސްދަރު: ޝެއިޚު ޢަލްބާނީ ރަޙިމަޙުﷲގެ ރަސްމީ ވެބްސައިޓު

Post a Comment

0 Comments